އިހަވަންދިއްޕޮޅު ހޮސްޕިޓަލްގެ ޓެންޑަރ އެވެލުއޭޝަން އަންނަހަފުތާގައި އޮންނާނެ: މިނިސްޓަރ ނަސީމް

ޢަބުދުﷲ ޙަމީދު

އިހަވަންދިއްޕޮޅު ހޮސްޕިޓަލްގެ ޓެންޑަރ އެވެލުއޭޝަން އަންނަހަފުތާގައި އޮންނާނެ ކަމަށް މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާގައި ވަޒީރާ ސުވާލު ކުރެއްވުމުގެ ވަގުތުގައި، އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މުޙައްމަދު ޝިފާޢު  ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މެމްބަރު ޝިފާޢުގެ ސުވާލުގައި ވަނީ މިހާރު ބިންގާއެޅި ކުރިން އެއްފަހަރު ޓެންޑަރ ކުރެވިފައިވާ އިހަވަންދިއްޕޮޅު ހޮސްޕިޓަލުގެ މަސައްކަތް ގޮސްފައިވާ ހިސާބަކާ މެދުގައެވެ.

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، މި އަންނަ ހަފްތާގައި އެ ހޮސްޕިޓަލްގެ ”އިވެލުއޭޝަން ޓެންޑަރއަށް ދާނެ” ކަމަށެވެ.

މިއަދުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެމްބަރުވެސް ވަނީ ހޯރަފުށީގައި ހޮސްޕިޓަލެއް ގާއިމުކޮށް ދިނުން ރައީސް ޞާލިޙްގެ ވަޢުދުގެ ތެރޭގައި ހިމެނޭ ކަމަށާއި، އެ މަސައްކަތް ގޮސްފައި އޮތް ހިސާބެއް ސާފުކޮށްލަން ރައްޔިތުން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.  މިނިސްޓަރ ވިދާޅުވީ ހޯރަފުއްޓާއި އިހަވަންދޫގެ ހޮސްޕިޓަލުގެ މަސްކަތް ވަރަށް ގާތުން ބަލަމުން ދާކަމަށެވެ. އަދި އެ ދެ ހޮސްޕިޓަލް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ކޮންޓްރެކްޓަރ ފައިނޭންސިންގެ ދަށުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޒހރ

މަޖިލިސް އިންތިޚާބަށް އެޅި ބިންގާ މަތިން ހަނދާންވީ ކައުންސިލް އިންތިޚާބު ބޯމަތިވީމަތޯ؟