[HEADER BANNER]
[AD]

ޖެޓީ އަޅަން ޖެހޭނެކަމަށް މާރަންދޫން ވެސް ބުނެފި

29 ސެޕްޓެމްބަރު 2020 5

ހއ.އުނގުލިފިނޮޅު ބިއްދޮށް ހިއްކައިގެން އެމް.ޓީ.ސީ.ސީން ތަރައްގީކުރަމުންދާ، އިހަވަންދިއްޕޮޅު އެއާޕޯޓްގައި، ލަފާފުރުމަށް ވަކި ޖެޓީއެއް ނަހަދާތީ އެކަމުގެ ކަންބޮޑުވުން ހއ އަތޮޅުގެ ރައްޔިތުން ފާޅުކުރަމުންދަނިކޮށް، ޖެޓީ އަޅަން ޖެހޭނެކަމަށް މާރަންދޫ ކައުންސިލްގެ ރައީސް ޙަސަން އަޙްމަދު ވެސް ވިދާޅުވެއްޖެއެވެ.

ޙަސަން އަޙްމަދު މި ނޫހަށް ވިދާޅުވީ މުޅި ޖަމާޢަތުގެ ލުއިފަސޭހަ އާއި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި ޚަރަދު ކުޑަވެ ތަކުލީފު ނުޖެހި އެއާޕޯޓްގެ ބޭނުން ހިފެވޭނެ ގޮތް ހަމަޖެހުމަށްޓަކައި ކޮންމެހެން ވެސް އެއާޕޯޓްގައި ޖެޓީއެއް އޮންނަން ޖެހޭނެ ކަމަށެވެ.

ޙަސަން އިތުރަށް ވިދާޅުވީ "އެއާޕޯޓަށް ލަފާފުރަން ހޯރަފުށީ ބަނދަރު ބޭނުންކުރީމާ އެ ރަށު ރައްޔިތުންނަށް ވެސް ވަރަށް ދަތި ވާނެ. އަދި މި ކަހަލަ ކާރިސާގެ ދަނޑިވަޅުތަކުގައި ސީދާ އެއާޕޯޓަށް ލަފާފުރޭނެ ގޮތެއް ނެތިއްޔާ ވެސް ހޯރަފުށީ ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާނެ" ކަމަށެވެ.

އަދި ޙަސަން ވިދާޅުވީ އެއާޕޯޓްގައި ޖެޓީ ނަހަދާކަމުގެ ކަންބޮޑުވުން މިހާރު ރައީސް އޮފީހާވެސް ހިއްސާކޮށްފައި ވާނެކަމަށެވެ.

އެމް.ޓީ.ސީ.ސީން ދާދިފަހުން ޚަބަރުދީފައިވާގޮތުން، އެއާޕޯޓް އެޅުމަށް އެ ކުންފުނީގެ މަހާޖައްރާފުން މިދިޔަ އަހަރު ހިއްކި ބިމުގައި ކުރަމުންދާ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ދާދި އަވަހަށް ނިމޭނެއެވެ. މިފަހުން ވަނީ އެއާޕޯޓްގެ ޓާމިނަލްގެ މަސައްކަތް ވެސް ފަށާފައެވެ.

އެއާޕޯޓްގެ މަސައްކަތް ނިމެންދާއިރު ވެސް އެއާޕޯޓަށް ލަފާފުރުމަށްޓަކައި ހަދަން ޖެހޭ ޖެޓީގެ މަސައްކަތުގެ އެއްވެސް މައުލޫމާތެއް އެއްވެސް މުއައްސަސާއަކުން ހާމަކޮށްފައި ނުވުމާއި، އެ މަސައްކަތް އެއްވެސް ފަރާތަކާ ވެސް ހަވާލުކޮށްފައި ނުވާތީ އެއާޕޯޓްގައި ޖެޓީއެއް އަޅާނެކަމާމެދު ސުވާލު އުފެދި އެކަމާ ކަންބޮޑުވެގެން ތިލަދުންމަތީ އުތުރުބުރިއަށް ނިސްބަތްވާ ބައެއް ރަށްރަށުގެ ޒުވާނުންގެ ބޮޑު ދައުރެއް އޮވެގެން އޮންލައިން ޕެޓިޝަނެއް ހެދުމަށް ވެސް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

އިހަވަންދިއްޕޮޅު އެއާޕޯޓަށް ވަކިން ލަފާފުރޭ ގޮތަށް ޖެޓީއެއް ނާޅާތީ މަނަފަރު ރިސޯޓުގެ ކަންބޮޑުވުން އޮތްކަން ވެސް ދާދިފަހުން ވަނީ ހާމަވެފައެވެ. އަދި ހއ އަތޮޅުގެ ކައުންސިލްގެ ރައީސް ވެސް ވަނީ އެއާޕޯޓްގައި ޖެޓީއެއް ނަހަދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ނޫނޭ ނޫނޭ. ޖެޓީ އަޅާގެން ނުވާނެ. ބަލިމަޑުކަމެއްގައި ހޯރަފުށި މޮނިޓަރިންގ އަށް ލާފިއްޔާ އެއާޕޯޓުވެސް ބަންދުވާގޮތަށް ބާއްވަން ވާނީ.

– 29 ސެޕްޓެމްބަރު 2020 4

ނަންވާނީ އިހަވަންދޫ․ އިހަވަންދޫން އެކަންޏެއް ނޫނޭ ހޯރަފުށީ އެއާޕޯޓުގަ ޖެޓީ އަޅަން ބޭނުންވަނީކީ

– 29 ސެޕްޓެމްބަރު 2020 1

ހޯރަފުށީ ރައްޔިތުންގެ އެކަނި ޓެކްސް ފައިސާއިން ސަރުކާރުން އަޅަމުންދާ އެއާޕޯޓެއް އޮންނަންވާނީ ހޯރަފިށީ ރައްޔިތުން ބުނާ ގޮތަކަށެވެ․ އެހެން ބަޔަކަށް ބަސް ބުނެވިގެން ނުވާނެއެވެ․

– 29 ސެޕްޓެމްބަރު 2020 1

ހޯރަފުށީ ރައްޔިތުންގެ ފައިސާއިން ހަދަމުންދާ އެއާޕޯޓަކަށް އެހެން ބަޔަކަށް ބަސް ބުނެވިގެން ނުވާނެ․

– 29 ސެޕްޓެމްބަރު 2020 1

ކަލޯގަޔާ މީ މުޅިންވެސް ހަސަދަވެރި އިހަވަންދޫ ބޮލުރޮދި ކެނޑިފަ ތިބި ބަޔަކު އަނބުރާ ގޭސްގަނޑެއް، ޖެޓީ އިހަވަނދޫއާ ހަމައަށްތޯ އަޅަންވީ؟/؟؟؟؟؟؟؟؟؟؟؟؟؟؟؟؟

– 29 ސެޕްޓެމްބަރު 2020 0