[HEADER BANNER]
[AD]

އިހަވަންދިއްޕޮޅު ހޮސްޕިޓަލްގެ ކުރެހުންތައް ވަރަށް ހިތްގައިމު

21 ސެޕްޓެމްބަރު 2020 3

ހއ. އިހަވަންދޫގައި އެޅުމަށް ހަމަޖެހިފައިވާ އިހަވަންދިއްޕޮޅު ހޮސްޕިޓަލުގެ ފައިނަލް ކުރެހުންތައް އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުޙައްމަދު ޝިފާޢު މިރޭ ވަނީ އެބޭފުޅާގެ ފޭސްބުކު އެކައުންޓުން ހިއްސާ ކުރައްވާފައެވެ.

މެމްބަރު ޝިފާޢު ވިދާޅުވީ މިރޭ އެބޭފުޅާ ހިއްސާކުރެއްވީ ހޮސްޕިޓަލުގެ ފައިނަލް ކުރެހުންތައް ކަމަށެވެ. ދެ ބުރީގެ މި އިމާރާތުގެ ކުރެހުންތައް ހިއްސާކުރައްވަމުން އިހަވަންދިއްޕޮޅު ހޮސްޕިޓަލް އެއީ އިހަވަންދޫގެ ކުރިމަގު ކަމަށް ޝިފާޢު ވަނީ ސިފަކުރައްވާފައެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދުވެސް މިރޭ ވަނީ ހޮސްޕިޓަލްގެ ކުރެހުންތައް ހިއްސާކުރައްވާފައެވެ.ކުރެހުންތައް ހިއްސާކުރައްވަމުން މުޙައްމަދު ރަޝީދު ވިދާޅުވެފައިވަނީ މި މަޝްރޫއަކީ ސިއްހީ ނިޒާމާއި މެދު ރައްޔިތުން ކުރަމުން އައި ޝަކުވާތަކަށް އެންމެ ފުރިހަމަ ހައްލު ލިބިގެން ދާނެ ތަރައްޤީގެ މަޝްރޫއު ކަމަށެވެ.

އިހަވަންދޫ ކައުންސިލުން ބުނެފައި ވަނީ މިމަޝްރޫއަކީ އިހަވަންދިއްޕޮޅުގެ ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ، ރައްޔިތިން އެންމެ ބޭނުންވެފައިވާ މަޝްރޫ ކަމަށެވެ.

 ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން އާމިނާދިޔޯ ސިއްޙީމަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން މިމަހުގެ 11 ވަނަ ދުވަހު ވަނީ އިޢުލާނު ކޮށްފައެވެ. މި ޕްރޮޖެކްޓްގެ ބީލަން ހުޅުވުން އޮންނާނީ އަންނަ މަހު 25 ވަނަ ދުވަހު އެވެ.

އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޢު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހޮސްޕިޓަލްގެ ބިމުގައި 3 އިމާރާތެއް ހުންނާނެ ކަމަށެވެ. އެއީ ހޮސްޕިޓަލް، އެކޮމަޑޭޝަން ބުލޮކު، އަދި ސަރވިސް ބިލްޑިންގ އެވެ. އާމިނާދިޔޯ ސިއްހީމަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ މުޙައްމަދު އަކުރަމް މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެކޮމަޑޭޝަން ބުލޮކުގައި ޖުމުލަ 8 އެޕާޓުމަންޓު ހުންނާނެ ކަމަށެވެ. ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި  ބައެއް މުވައްޒަފުންގެ އެކަމަޑޭޝަން އަށް 8 އެޕާޓުމަންޓު ހުންނަ އިރު އެއީ 1 ރޫމުގެ 4 އެޕާޓުމަންޓާއި، 2 ރޫމުގެ 4 އެޕާޓުމަންޓު ކަމަށް އަކުރަމް ވިދާޅުވިއެވެ.

އާމިނާދިޔޯ ސިއްހީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އަދި މިމަހުގެ 8 ވަނަދުވަހު ވަނީ، 127000 (އެއްލައްކަ ހަތާވީސް ހާސް) އަކަފޫޓަށްވުރެ ބޮޑު ބިމެއް އިހަވަންދޫއިން މިނިސްޓްރީ އޮފް ހެލްތްގެ ބޭނުންމަށް ދޫކޮށްފައެވެ. މި ބިމުގައި ހުރި ރުއްގަސް އަގުމަގު ކުރުމުގެ މަސައްކަތް ކައުންސިލުން ވަނީ ނިންމާފައެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

4 ފޫޓު 3 ފޫޓުގެ ބިންގަލަކާއި 3ޑީ ކުރެހުންތަކަކާއެކު މިދައުރުވެސް ނިމިގެން ދަނީބާވަ އެވެ․

– 21 ސެޕްޓެމްބަރު 2020 4

ހޯރަފުށީ ހޮސްޕިޓަލްގެ ކުރެހުމުގެ ނަން ކަނޑާލައިގެން------------- މަ ހީހީ

– 23 ސެޕްޓެމްބަރު 2020 3

ހޯރަފުށީ މީހުންނަށްހާދަ ވަރެއް އަރައޭދޯ އިހަވަންދޫގައި ހޮސްޕިޓަލެއް އަޅާތީ

– 29 ސެޕްޓެމްބަރު 2020 1